ފެންފުއްޓަށް އަރައި ފޭބުން މަނާކޮށްފި

އދ. ފެންފުށި

ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ފެނިގެން އދ. ފެންފުއްޓަށް އަރައި ފޭބުން މަނާކޮށްފި އެވެ.

އެރަށުން މީހަކު ޕޮޒިޓިވްވެފައިވާކަން ފެންފުށި ކައުންސިލްގެ ނައިބު ރައީސް މޫސާ އަލީ "ސަން"އަށް ކަށަވަރުކޮށްދެއެވެ.

އޭނާ "ސަން"އަށް ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ މިމަހު ނުވަނަ ދުވަހު ފުލޫ ކްލިނަކަށް ރޯގާ ޖެހިގެން ޑޮކްޓާރަށް ދައްކަން ދިޔަ އަންހެނެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ޕޮޒިޓިވްވި މީހާއަކީ، ކަރަންޓީީންގައި ހުރި މީހެއް ނޫން ކަމަށާއި އޭނާއަށް ބަލި ޖެހުނު ގޮތެއްވެސް ނޭނގޭ ކަމަށެވެ. އަދި އެނައަކީ ވޭތުވެދިޔަ ދުވަސްތަކުގައި އެއްވެސް ރަށަކަށް ދަތުރުކުރި މީހެއްވެސް ނޫން ކަމަށް މޫސާ އަލީ ވިދާޅުވި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ، އެ މީހާ ޕޮޒިޓިވްވުމާއެކު މިހާރު އެ ރަށް މޮނީޓަރިން ހާލަތަށް ގެނެސް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 21،00އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 18،695 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

comment ކޮމެންޓް