ފަރުހާންގެ "ތޫފާން" މި މަހު އެމެޒޯންއަށް

ތޫފާން ގައި ފަރުހާން ފެނިގެންދާ ގޮތް---

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ފަރުހާން އަޚްތަރު ލީޑު ރޯލު ކުޅޭ ސްޕޯޓްސް ޑްރާމާ "ތޫފާން" ރިލީޒްކުރާ ދުވަސް އިއުލާންކޮށްފި އެވެ.

މި ފިލްމު ސިނަމާތަކުގައި ނާޅުވާ ޑިޖިޓަލް ޕްލެޓްފޯމަށް ވިއްކާލާ ވާހަކަ މީގެ ކުރިން ވެސް މީޑިއާތަކުގައި ދެކެވުނެވެ. ބޮޑު އަގެއް ދިނުމަށް ފަހު އެމެޒޯން އަށް މި ފިލްމު ވިއްކާލިއިރު މި ފިލްމަކީ މި މަހު 21 ވަނަ ދުވަހު އެ ޕްލެޓްފޯމުން ޕްރިމިއާކުރާ ފިލްމެކެވެ.

ތޫފާންގެ ޓީޒާ މާދަމާ ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ބޮޑީބިލްޑަރެއްގެ ރޯލުން ފަރުހާން މި ފިލްމުން ފެނިގެންދާއިރު މި ފިލްމު ކުޅެން އޭނާ ވަނީ 15 ކިލޯ ބަރުކޮށްފައެވެ. އޭނާ ބުނީ ތެޔޮ އެކުލެވޭ ކާނާ ކާންޖެހުމުން ފުރަތަމަ ދުވަސްކޮޅު ވަރަށް އުނދަގޫވި ކަމަށާއި ދުވަސްކޮޅެއް ތެރޭ އެފަދަ ކާނާ ކާން ފެށުމުން ބަރުދަން އިތުރުވި ކަމަށެވެ. އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަންހެން ލީޑު ރޯލު ކުޅެނީ މުރްނާލް ތާކޫރެވެ.

comment ކޮމެންޓް