މިދިޔަ 2020 ވަނަ އަަހަރު އެންޒީ އިން ކުރިއަށް ގެންދިޔަ "އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން"ގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.
މި ޕްރޮމޯޝަނުގެ ގުރުއަތު ނެގުން ބާއްވާފައި ވަނީ 19 ފެބުރުވަރީ 2021ގަ އެވެ. ލަކީ ޑްރޯ ނެގީ ޓީވީއެމް އިން ލައިވްކޮށް ދެއްކި އަދި އެންޒީ ފޭސްބުކް ޕޭޖުން ލައިވްކޮށް ދެއްކި ޕްރޮގްރާމެއްގަ އެވެ.
މިއީ 2020 ފެބްރުއަރީ 15 އިން 31 ޑިސެމްބަރު 2020ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަނުގެ ދެ ވަނަ އަށް އިނާމު ހަވާލުކުރަނީ -- ފޮޓޯ: އެންޒީ
އެ ޕްރޮމޮޝަނުގެ ދަށުން "އެންޒީ ވަރަށް ފައްކާ" ޕްރޮމޯޝަން ލޭބަލް ޖަހާފައިވާ މަސްދަޅުގެ ލޭބަލް ކޮޅު ނައްޓާލުމަށް ފަހު ލޭބަލްގެ އެތެރޭގައިވާ ސީރިއަލް ނަންބަރު 5040 އަށް އެސްއެމްއެސް ކުރުމުން ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ބައިވެރިވެވުނެވެ.
އޭގެ ތެރެއިން ކޮންމެ މަހަކު ވެސް ތިން ނަސީބުވެރިން ހޮވާ، އެންޒީ އިން ވަނީ ފައިސާގެ އިނާމުތަކެއް ދީފަ އެވެ. ތިން ވަނަ އަށް 1،000 ރުފިޔާ ދެވަނަ އަށް 5000 ރުފިޔާ އަދި އެއްވަނަ އަށް 10000 ރުފިޔާ ކޮންމެ މަހަކު ވެސް ވަނީ ދީފަ އެވެ.
އެ ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި 30،000 ރުފިޔާ، 50،000 ރުފިޔާ އަދި 100،000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަނުގެ ތިން ވަނަ އަށް އިނާމު ހަވާލުކުރަނީ -- ފޮޓޯ: އެންޒީ
ނަސީބުވެރިންނަށް ފައިސާގެ އިނާމު ހަވާލުކުރީ އެންޒީގެ މައި ކުންފުނި އެންސިސް ފިޝަރީސްގައި މާރޗު ހަތް ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޕްރޮމޯޝަންގެ ތިން ވަނަ އަށް ކަނޑައަޅާފައިވާ 30،000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނީ އައިޝަތު ސިތުނާ އަށެވެ. ދެ ވަނަ އަށް ކަނޑައަޅާފައިވާ 50،000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނީ އައިމިނަތު ޝާއިރާ އަށެވެ.
ޕްރޮމޯޝަނުގެ އެއްވަނަ އަށް ކަނޑައަޅާފައިވާ އެއް ލައްކަ ރުފިޔާގެ ގްރޭންޑް ޕްރައިޒް ލިބިފައި ވަނީ ގުނައިޝާ ސަލީމް އަށެވެ. ގުނައިޝާ ވަނީ މި ޕްރޮމޯޝަންގައި ޖުމްލަ 237 އެސްއެމްއެސް ފޮނުވައިފަ އެވެ.
އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމު ލިބުމުން ގުނައިޝާ ބުނީ ގުރުއަތުގައި ބައިވެރިވީ އިނާމު ލިބޭނެ ކަމަށް ހީކޮށްގެން ނޫން ކަމަށެވެ.
އިނާމް ހަވާލުކޮށްދެއްވުމަށް ފަހު އެންޒީގެ ބެލެނިވެރި ކުންފުނި އެންސިސް ފިޝަރީސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް ވަނީ ހުރިހާ ބައިވެރިންނަށް އެންޒީގެ ނަމުގައި މަރުހަބާ ވިދާޅުވެ ޝުކުރު އަދާކުރައްވައިފަ އެވެ. ވަސީމް ވިދާޅުވީީ ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ މިފަދަ އިތުރު ޕްރޮމޯޝަންތައް އަބަދު ވެސް ކުރިއަށް ގެންގޮސް ކަސްޓަމަރުންނާއި އެންޒީއާއި ދެމެދު އަބަދު ވެސް އުފާވެރި ގުޅުންތައް ގާއިމް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ގޭގައި ތިއްބަވައިގެން އެންޒީގެ ކޮންމެ ޕްރޮޑަކްޓެއްވެސް www.enzi.mv އިން އޯޑަރު ކޮށްލެވޭނެ އެވެ.
މަސްކޭސް ނަންގަވާ ނަމަ، ތެޔޮ މަސްދަޅު ކޭހެއް 555 ރުފިޔާ އަދި ފެން މަސްދަޅު ކޭހެއް 530 ރުފިޔާ އަށް ލިބޭނެ އެވެ.