ލައިސެންސް ދޫކުރުމުގެ ކަންކަން ފަށަން މަސައްކަތްކުރަނީ

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ އުސޫލެއްގެ ދަށުން އަލަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ ކަންކަން އަލުން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެ އޮތޯރިޓީން ދެމުން ގެންދާ ހިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާން ދިނުމުގެ ހިދުމަތާއި އެ ހިދުމަތާ ގުޅުންހުރި އެހެން ހިދުމަތްތައް މެދުކަނޑާލަން ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހު އެވެ.

ލައިސެންސް ދިނުން މެދުކަނޑާލާފައި އޮންނަތާ ގިނަދުވަސްވުމާއި، އަދިވެސް ޓްރާންސްޕޯޓުގެ އެހެނިގެން މައްސަލަތަކާ މެދު ހިތްހަމަނުޖެހިގެން ގިނަބަޔަކު ވަނީ މިއަދު އިހްތިޖާޖު ވެސް ކޮށްފަ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑްރައިވިންއާއި ގުޅޭ އިމްތިހާނު ހެދުން ވަގުތީގޮތުން މެދުކަނޑާލީ ބަލިމަޑުކަމުގެ ދުވަސްވަރަށްވެފައި ބަލީގެ ކޭސްތައް އިތުރުވަމުން އަންނާތީ ވަކި އަދަދަކަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފުވާ ކަމަކަށްވާތީ، ކޮވިޑް ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

"ނަމަވެސް ކުރިއަށް އޮތްތަނުގައި އެޗްޕީއޭގެ ރައްކާތެރިކަމުގެ މިންގަޑުތަކަށް ބަލައި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ
ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނަގާ ފަރާތްތަކަށް ތިއަރީ އަދި ޑްރައިވިންއާއި ގުޅޭ އިމްތިހާނު ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

comment ކޮމެންޓް