ރާއްޖޭގައި އަމިއްލަ އިމްތިހާނު ހެދުމަކީ އުއްމީދު: އެޑިއުކޭޝަން

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ -- ފޮޓޯ: އެޑިއުކޭޝަން

ރާއްޖޭގައި ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް ރާއްޖޭގެ އަމިއްލަ އިމްތިހާނު ދިނުމަކީ އުއްމީދު ކަމަށާއި ދުރު މުސްތަގުބަލަށް އެފަދަ ހިޔާލެއް އެބައޮތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވީ ދަރިވަރުންނަށް އަދި ގައުމަކަށް އެންމެ ރަނގަޅުވާނެ ގޮތަކީ އެބަޔެއްގެ އަމިއްލަ އިމްތިހާނެއް އޮތުން ކަމަށެވެ.

"އޭރުން ގައިމުވެސް ދަރިވަރުން ކިޔަވާއެއްޗެހި ބޮޑަށް ކޮންޓެކްސްޓުއަލީ ރިލަވެންޓުވެެ ދަރިވަރުުންނަށް ފައިދާ ވާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ އެގްޒެމިނޭޝަން ސިސްޓަމް ލޯކަލް އެގްޒެމިނޭޝަން ސިސްޓަމަކަށް ހެދުން . ނަމަވެސް އެގޮތަށް ކަންކުރާކަށް ނިންމާފައެއް ނެތް. ދުރުމުސްތަގުބަލުގައި ހިޔާލުތަކެއް ވިސްނުންތަކެއް އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އަދި އޮތީ ކޭމްބްރިޖް އާއި އެޑެކްސެލް އާއެކު ކުރިއަށް ދާ ގޮތަށް ކަމަށެވެ.

ރާއްޖޭގައި ސާނަވީ ތައުލީމު ނިންމާ ދަރިވަރުން ހަދަނީ ކޭމްބްރިޖު އޯލެވެލް އިމްތިހާނެވެ. މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުން އިށީންނަނީ އެޑެކްސެލް އޭލެވެލް އިމްތިހާނުު ގައެވެ.

comment ކޮމެންޓް