ރޭސޫޓް މޯލްޑިވްސް އިން އެސްއާރުސީ އަދި OPC 42.5N ތައާރަފުކޮށްފި

ރޭސޫޓް މޯލްޑިވްސްގެ ތިލަފުށީ ސިމެންތި ޓާމިނަލް -- ފޮޓޯ: ރޭސޫޓް މޯލްޑިވްސް

ކޮންސްޓްރަކްޝަން ދާއިރާ އަށް ކުރިއެރުން އަންނަމުންދާއިރު ބިލްޑިން މެޓީރިއަލްސް އަށް ރާއްޖޭގައި އޮތް ޑިމާންޑު ދަނީ އިތުރުވަމުންނެވެ. ކޮވިޑް19 އާއި ގުޅިގެން ހުއްޓިފައި އޮތް ގިނަ މަޝްރޫއުތަކެއް އަލުން ފެށި ކުރިއަށް ދާން ފަށާފައިވާއިރު، މި ދާއިރާ އަށް ކުރިއަށް އޮތްތަނުގައި ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

މި ކުރިއެރުމާއެކު ކޮންސްޓްރަކްޝަން މެޓީރިއަލްސް އަށް އޮންނަ ޑިމާންޑު އިތުރުވާނެތީ، ރޭސޫޓް މޯލްޑިވްސް އިން ވަނީ ސަލްފޭޓް ރެސިސްޓެންޓް ސިމެންތި އަދި ރާއްޖޭގެ ބާޒާރަށް ތައާރަފު ކޮށްފަ އެވެ.

ރޭސޫޓް ސިމެންޓް ކޮމްޕެނީ (އެސްއޭއޯޖީ) ގެ ގްރޫޕް ސީއީއޯ ޖޯއީ ގޯސް---

ރޭސޫޓް ސިމެންޓް ކޮމްޕެނީ (އެސްއޭއޯޖީ)ގެ ގްރޫޕް ސީއީއޯ ޖޯއީ ގޯސް ވިދާޅުވީ ރާއްޖޭގެ ބާޒާރަށް އާ ދެ އުފެއްދުމެއް ތައާރަފު ކުރިނަމަވެސް، މިހާރު ވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު، OPC 42.5R ސިމެންތި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާނެ ކަމަށެވެ.

މިއީ ކޮލެޓީ ރަނގަޅު އަވަހަށް ސެޓުވާ، ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ސިމެންތި އެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯގެ ޕަވާމިކްސް ގައިވެސް ބޭނުން ކުރަމުންދަނީ މޯލްޑިވްސް ސިމެންތި OPC 42.5R އެވެ. މި ސިމެންތި އަކީ ޕާ ކިޔުބިކް މީޓަރުން ބަލާއިރު ސިމެންތި ހަރަދު ކުޑަ، ކޮންކްރީޓް ވަރުގަދަކޮށްދޭ ސިމެންތިއެއް ކަމަށާއި އަވަހަށް ސެޓުވާ މި ސިމެންތި އަކީ ގާ އަޅާ މީހުން އަދި ޕްރީކާސްޓަރުންގެ މެދުގައިވެސް މަގުބޫލު ޕްރޮޑަކްޓެއް ކަމަށް ރޭސޫޓް އިން ބުންޏެވެ.

ރޭސޫޓް މޯލްޑިވްސް އިން ބުނީ OPC 42.5N ރާއްޖޭގެ ބާޒަރަށް ތައާރަފު ކުރަނީ ކުދި އަދި މެދުފަންތީގެ ކޮންސްޓްރަކްޝަން ކުންފުނިތަކަށް އަމާޒުކޮށްގެން ކަމަށެވެ. މި އުފެއްދުމަކީ BS-EN 197-1:2011 ސްޓޭންޑާޑުގެ އުފެއްދުމެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ރޭސޫޓް ސިމެންތި ---

OPC 42.5N އަކީ ސްޓޭންޑާޑަށް ބަލާއިރު ހައިކޮލެޓީ، އުފެއްދުމެއް ކަމަށާއި މި ސިމެންތީގެ 50 އަދި 100 ކިލޯގެ ސިމެންތި ބަސްތާ މިހާރު ރޭސޫޓް މޯލްޑިވްސްގެ ތިލަފުށީ ސިމެންތި ޓާމިނަލުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރޭސޫޓް އިން ދެން ރާއްޖޭގެ ބާޒާރަށް ތައާރަފުކުރި އެސްއާރުސީ އަކީ ވޯޓާ އެންޑް ސޯލްޓީ ގްރައުންޑް ކޮންކްރީޓަށް ބޭނުންކުރާ ޕްރޮޖެކްޓުތަކަށް އެންމެ އެކަށޭނަ އުފެއްދުމެނެވެ. އެގޮތުން ޖެޓީ، ވޯޓާ ބަންގަލޯ، ސްވަރޭޖް ޓްރީޓްމެންޓް ޕްލާންޓްސް، ޑީސެލިނޭޝަން ޕްލާންޓްސް އަދި ހާބަރު ޕްރޮޖެކްޓުތަކަށް މިއީ އެންމެ އެކަށީގންވާ ސިމެންތިއަށް ވާނެއެވެ.

ރޭސޫޓް އިން އެސްއާރުސީ ރާއްޖޭގެ ބާޒާރަށް ތައާރަފުކުރުމުން ކޮންޓްރެކްޓަރުންނަށް ހެޔޮ އަގުގައި ބަލްކު ކުއެންޓިޓީގައި މި އުފެއްދުން ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

މިއާއެކު ރޭސޫޓް އިން މިހާރު ރާއްޖޭގެ ބާޒާރަށް މައިގަނޑު ތިން ބާވަތެއްގެ ސިމެންތި ސަޕްލައި ކުރާނެއެވެ. އެއީ OPC 42.5N އާއި OPC 42.5R ގެ އިތުރުން އެސްއާރުސީ އެވެ. އެ ކުންފުނިން ބުނީ މިއީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ އަށްވެސް ލިބޭ ކުރިއެރުމެއް އަދި ފަސޭހައެއް ކަމަށާއި ރީޓެއިލް އަދި ހޯލްސޭލްކޮށްވެސް މި ތިން ބާވަތުގެ ސިމެންތި އެ ކުންފުނިން ލިބޭނެ ކަމަށެވެ.

ރޭސޫޓް މޯލްޑިވްސް އަކީ އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީއިން އެސްޓީއޯއާއެކު ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ. މިއީ އެސްޓީއޯއާއި ސުވިޒަލެންޑްގެ ކުންފުންޏަކާ ގުޅިގެން ހިންގަމުން އައި ލަފާޖު މޯލްޑިވްސް ސިމެންޓު ކުންފުނީގެ 75 ޕަސެންޓު ހިއްސާ ރޭސޫޓް އިން ގަތުމަށް ފަހު އުފެއްދި ކުންފުންޏެކެވެ.

ޖޮއިންޓް ވެންޗާ ކުންފުނީގައި އެސްޓީއޯގެ އޮންނާނީ 25 ޕަސެންޓު ހިއްސާ އެވެ.

ރޭސޫޓް އިން ބުނެފައިވަނީ ތިލަފުށީ ސިމެންތި ޓާމިނަލްގެ ކެޕޭސިޓީ 100 ޕަސެންޓަށްވުރެ ބޮޑަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެތަނުން ސިމެންތި އުފެއްދުމުގެ ކެޕޭސިޓީ އަހަރަކު 75،000 ޓަނުން 200،000 ޓަނަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ރޭސޫޓްއިން ބުނެ އެވެ.

comment ކޮމެންޓް