ބާރަށުގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 25އަށް އަރައިފި

ހއ. ބާރަށް

ހއ. ބާރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 25އަށް އަރައިފި އެވެ.

ބާރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް "ސަން"އަށް ވިދާޅުވީ، މިއަދު އިތުރު ތިން ކޭސް އެ ރަށުން ފެނިފައިވާ ކަމަށެވެ.

"މިއަދު ފެނުނީ ތިން ކޭސް. މިހާރު ޖުމުލަ 25 ކޭސް. ކޮންޓެކްޓް ޓްރޭސިންއާ ކަންކަމުގެ އަޕްޑޭޓެއް މާދަމާ ލިބޭނެ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބާރަށުގައި ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރަން ކައުންސިލާއި ޓާސްކްފޯހުން ކުރަމުންދާ މަސައްކަތަށް އާންމުންގެ އެއްބާރުލުން ފުރިހަމައަށް ލިބޭ ކަމަށެވެ.

ބާރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނު ފުރިހަމަ ކުރި ނުވަ މީހެކެވެ. ރަށު ތެރެއަށް ބަލި ފެތުރުނީ އެމީހުންނާ ރަށުގެ ބައެއް މީހުންނާ ކޮންޓެކްޓް ވުމުންނެވެ.

comment ކޮމެންޓް