"އަ ކުއައެޓް ޕްލޭސް 2" އަށް އާ ތާރީޚެއް

ފިލްމުގެ ފުރަތަމަ ބައިގެ ޕޯސްޓަރެއް---

ދެހާސް އަށާރަ ވަނަ އަހަރު ނެރުނު ހިޓް ފިލްމު "އަ ކުއައެޓް ޕްލޭސް" ގެ ސީކުއަލް ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފިއެވެ.

މި ފިލްމަކީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހުނު ފިލްމެކެވެ. ނަމަވެސް ކޮވިޑް19 އާ ގުޅިގެން ސިނަމާތަށް ބަންދުކުރުމާއެކު ފިލްމު ރިލީޒްކުރާ ދުވަސް ވަނީ ފަސްކޮށްފައެވެ. މިހާރު މި ފިލްމު އަޅުވާ ތާރީޚު ހާމަކޮށްފައިވާއިރު މި ފިލްމަކީ އަންނަ މެއި މަހު 28 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާ ފިލްމެކެވެ.

އެމިލީ ބްލަންޓް ލީޑް ރޯލުން ފެނިގެންދާ ސައިންސް ފިކްޝަން ފިލްމުގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

އަ ކުއައެޓް ޕްލޭސްގައި ފެނިގެންދަނީ އޭލިއަން ފަދަ ތަކެތި ދުނިޔެއަށް އައިސް އުޅޭ ތަނެވެ. އަދި އެތަކެތިން ސަލާމަތްވުމަށްޓަކައި މީހުން ދިރިއުޅެމުންދަނީ އެއްވެސް ކަހަލަ އަޑެއް ނުލައްވަ އެވެ.

އެތަކެއްޗަކީ ފަސޭހައިން އެކި އެއްޗެހީގެ އަޑު އިވޭ އޭލިއަންތަކެކެވެ. އެގޮތުން ދެވަނަ ފިލްމުގައި ފެންނާނީ ފިލްމުގެ ލީޑް ކެރެކްޓަރު އޭނާގެ ދަރިންތައް ގޮވައިގެން ރައްކާތެރިކަން ހޯދުމަށް އެހެން ސަރަހައްދަކަށް ދާ ތަނެވެ. އަދި އެ ދަތުރުގެ ތެރޭގައި އެހެން ބަޔަކާ ދިމާވާ މަންޒަރުވެސް ދެވަނަ ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމުގެ ސީކުއަލް ވެސް ޑައިރެކްޓްކުރާނީ ފުރަތަމަ ބައި ޑައިރެކްޓްކުރި ޖޯން ކްރަސިންސްކީ އެވެ.

comment ކޮމެންޓް