އޯލެވެލް އިމްތިހާނުވެސް ތާވަލާ އެއްގޮތަށް ކުރިއަށްގެންދާނެ

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ -- ފޮޓޯ: އެންއީއޯސީ

ރާއްޖޭގައި މިއަހަރު އޯލެވެލް ހަދާ ކުރިންނަށް ކުރިން ތާވަލުކޮށްފައިވާ ގޮތަށް އިމްތިހާނު ކުރިއަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

މިއަަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ސްކޫލުތައް ހުޅުވައި، ކިޔަވައިދޭ ގައުމުތަކުގައި އިމްތިހާނު ބާއްވައިދޭނެކަން ކޭމްބްރިޖް އިން އަންގާފައިވާ ކަމަށާއި އެކަމަށް ބަދަލެއް ނާންނަ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް އެއްވެސް ސުވާލެއް ނެތް އޯލެވެލް އެގްޒާމް ރާއްޖޭގައި ބޭއްވުމާ ދޭތެރޭގައި. މެއި/ޖޫންގައި އޯލެވެލް އެގްޒާމްވެސް އޮންނާނެ. އަދި ހަމަ އޭއެސް/އޭލެވެލް އެގްޒާމް ވެސް އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި އާންމުކޮށް އޯލެވެލް އިމްތިހާނު ހަދަނީ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުއެވެ. ނަމަވެސް ކޮވިޑް19ގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުގެ ބޮޑު ބަޔެއްގައި ކިޔެވުން ކުރިއަށް ގެންދެވިފައި ނުވާތީ، ދިރާސީ އަހަރު ދަންމާލާ އޯލެވެލް އިމްތިހާނު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އެގޮތަށް ނިންމީ ދެން ސިލަބަސް ކަވަރުކޮށް އެ އިމްތިހާނު ތަކަށް ތައްޔާރުވާން ދަރިވަރުންނަށް އެކަށީގެންވާ ވަގުތު ނުލިބޭނެތީ އެވެ.

ކެންސަލުކޮށްލި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިހާރު ތާވަލުކޮށްފައިވަނީ މި އަހަރުގެ މެއި/ޖޫން އަށެވެ.

comment ކޮމެންޓް