އެމްއޭސީއެލްގެ ވެކްސިނޭޝަން ޕްރޮގްރާމު ފަށައިފި

ވީއައިއޭގައި ކުރިއަށްގެންދާ ވެކްސިނެޝަން ޕްރޮގްރާމު -- ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓް ޕާސް ހޯލްޑަރުންނަށް އަމާޒުކޮށްގެން ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އެމްއޭސީއެލް އިން ފަށައިފިއެވެ.

އެމްއޭސީއެލް އިން ބުނީ މި ޕްރޮގްރާމުގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަކީ ވެކްސިން ޖަހާފައި ތިބި މީހުންނަށް ހެދުން ކަމަށެވެ.

ވީއައިއޭ ވެކްސިނޭޝަން ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދުން ފެށިގެން ކޮންމެ އާދިއްތަ އަކުން ބުރާސްފައްޗަށް ހެނދުނު 9:00 އިން ހަވީރު ހަތަރަކަށް އަދި ހޮނިހިރު ދުވަހު ހެނދުނު 10 އިން މެންދުރު ފަހު ތިނަކަށެވެ.

މި ޕްރޮގްރާމުގައި ވެކްސިން ޖަހަން ބޭނުންވާ އެއާޕޯޓް ޕާސް ހޯލްޑަރުން ކިޔު ބީ އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނަަން ޖެހޭނެ އެވެ.

އެއާޕޯޓް ރެކްރިއޭޝަން ކްލަބުގައި ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމާ ގުޅޭގޮތުން އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ ގޯޑަން ސްޓުއާޓް ވިދާޅުވީ އަމާޒަކީ ވީއައިއޭގައި ހުރިހާ މުވައްޒަފުން ވެކްސިނޭޓު ކުރާ ފުރަތަމަ އެއް އެއާޕޯޓަށް ވީއައިއޭ ހެދުން ކަމަށެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. އޭގެ ފަހުން ލައްކަ އަކަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވެ އެވެ.

comment ކޮމެންޓް