ތިން ރަށެއްގެ ފެނާއި ނަރުދަމާ ގާއިމުކުރުމަށް ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ތިން ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ ހއ. މޮޅަދޫ، ލ. މުންޑޫ އަދި މ. ވޭވަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށެވެ. ތިން ރަށުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޖުމްލަ 104،088،337 ރުފިޔާގެ އަގަކަށް، 780 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ވަކި ވަކި ރަށްތަކުގެ ތަފްސީލް:

މޮޅަދޫ: 35،864،006

މުންޑޫ: 35،535،851

ވޭވަށް: 32،688،479

ކޮންޓްރެކްޓްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނަޖާހް ޝަރީފެވެ.

މިއަދު ސޮއިކުރި މަޝްރޫއުގެ ދަށުން ސާވޭކުރުމާއި، އީއައިއޭގެ މަސައްކަތާއި،ފެނާއި ނަރުދަމާ ނިޒާމް ފަރުމާކޮށް ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުން ހިމެނޭނެ އެވެ.

ހަމައެއާއެކު އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކުރުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ވެސް ހިމެނެ އެވެ.

comment ކޮމެންޓް