ހުޅުމާލޭ ޑިޓެންޝަނުން ފިލި ބިދޭސީ މީހާ ހޯދައިފި

ޑިޓެންޝަން ސެންޓަރުން ފިލި ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަސަނާ - ފޮޓޯ/ ކަރެކްޝަންސް

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ފިލި ބިދޭސީ މީހާ ހޯދައިފި އެވެ.

އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ރާއްޖެއިން ބޭރަށް ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައި ހުއްޓާ މިމަހު 10 ވަނަ ދުވަހު ފިލާފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަސަނާ ކިޔާ މީހެކެވެ.

ކަރެކްޝަންސްގެ ވެރިޔާ އަހްމަދު މުހައްމަދުފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ފިލި މީހާއާ ގުޅޭ ގޮތުން އާންމު ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ ހޯދައި، މިރޭ އެ ސާވިސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އޭނާއަކީ ކޮވިޑަށް ނެގަޓިވްވެފައިވާ މީހެއް ކަމަށް ކަރެކްޝަންސް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް