ސްޕައިޑަމޭންގެ ފްރެންޗައިޒްގެ ތިން ވަނަ އިންސްޓޯލްމަންޓްގެ ޓައިޓަލް ހާމަކޮށް ފިލްމު ރިލީޒްކުރާ ދުވަސް އިއުލާންކޮށްފި އެވެ.
"ސްޕައިޑަމޭން: ނޯ ވޭ ހޯމް"ގެ ކާސްޓުންގެ ތެރޭގައި ޓޮމް ހޮލޭންޑް، ޒެންޑަޔާ، ޖެމީ ފޮކްސް، ބެނަޑިކްޓް ކަމްބަބެޗް އަދި އަލްފްރެޑް މޮލީނާ ފަދަ ތަރިން ހިމެނެ އެވެ. އަދި މި ފިލްމުގައި 2002 ވަނަ އަހަރު ގެނެސްދިން ސްޕައިޑަމޭން ފިލްމުގައި ސްޕައިޑަމޭންގެ ރޯލު ކުޅުނު ޓޯބޭ މާގިއު އާ 2012 ވަނަ އަހަރު ގެނެސްދިން ފިލްމުގެ ސްޕައިޑަމޭންގެ ރޯލުން ފެނިގެންދިޔަ އެންޑްރިއު ގާފިލްޑް ވެސް ހަރަކާތްތެރިވާނެ ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.
ޑިސެމްބަރު މަހުގެ 17 ގައި ގެނެސްދޭ މި އިންސްޓޯލްމަންޓްގެ ދެ ބައެއް މީގެ ކުރިން ވަނީ ގެނެސްދީފަ އެވެ. އެއީ 2017 ވަނަ އަހަރު ރިލީޒްކުރި "ސްޕައިޑަމޭން: ހޯމްކަމިން" އާ 2019 ގައި ގެނެސްދިން "ސްޕައިޑަމޭން: ފާ ފްރޮމް ހޯމް"އެވެ. މި ދެ ފިލްމަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.