ދަމާސްގެ އަހަރީ ދުވަހާ ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް

ދަމާސް އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދަމާސްގެ 20 ވަނަ އަހަރީ އާއި ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ އެކުންފުނީގެ އަހަރީ ދުވަހާއި ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ހިންގާ 11 ވަނަ އަހަރެވެ.

މި ޕްރޮގްރާމުގައި ދަމާސްގެ މުވައްޒަފުންނާއި، ކަސްޓަމަރުން އަދި މުވައްޒަފުންގެ އާއިލާގެ މެންބަރުން ލޭ ހަދިޔާ ކުރާނެއެވެ.

"މި ހަރަކާތަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މުހިއްމު ހަރަކާތެއް، މި ހަރަކާތަށް މެނޭޖުމެންޓައި މުވައްޒަފުން ދޭ އަހައްމިއްޔަތު ފާހަގަ ކުރަން،" ދަމާސްގެ ޖެނެރަލް މެނޭޖަރު ވިދާޅުވިއެވެ.

ދަމާސް އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މޯލްޑިވްސް ބްލަޑް ސާވިސް އިން ވަނީ ކޮންމެ އަހަރަކުވެސް ދަމާސްގެ އަހަރީ އާއި ގުޅުވައިގެން، ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމަށް ޝުކުރު އަދާކޮށްފައެވެ. އެމްބީއެސް އިން ބުނީ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދުންދަތި ކަމަށާއި މިފަދަ ބްލަޑް ކޭމްޕުތަކުގެ ސަބަބުން ލޭ ހޯދުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

ދަމާސް އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދަމާސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސޯލިހު ވިދާޅުވީ ދަމާސް އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމު ފެށީ ލޭ ހޯދަން ބޭނުންވާ މީހުން، ަދަ ލޭ ހޯދުމަށް ކުރަންޖެހޭ އާދޭސް ފެނި އެފަދަ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދިނުމަށް ކަމަށެވެ.

އުއްްުމީދަކީ އެހެން ކުންފުނިތަކުންވެސް އިސްނަގައިގެން ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހޯދުމަށް ފަސޭހަކޮށްދިނުމަށް ބްލަޑް ކޭމްޕުތައް އިންތިޒާމުކޮށް ކުރިއަށް ގެންދިޔުމަށް ހިތްވަރު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް