ބަދާއީ ދޯގެ ޝޫޓިން ބޫމީ އާ ރާޖްކުމާރު ނިންމާލައިފި

ބަދާއީ ދޯ ގެ ޝޫޓިން ބޫމީ އާ ރާޖްކުމާރު ވަނީ ނިންމާލާފައި---

ދެހާސް އަށާރަ ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ބަދާއި ހޯ"ގެ ސީކުއަލް "ބަދާއީ ދޯ"ގެ ޝޫޓިން ރާޖްކުމާރު ރާއޯ އާ ބޫމީ ޕެޑްނޭކަރު ނިންމާލައިފި އެވެ.

ބޮލީވުޑްގެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ބޫމީ ޕެޑްނޭކަރު އާ ރާޖްކުމާރު ރާއޯ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓުން ފެށްޓީ ދެހަރާދުން ގައެވެ. ދެ މަސް ދުވަހެއްހާ ދުވަހު ފިލްމުގެ ޝޫޓިންގައި ދެތަރިން ހޭދަވިއިރު މި ފިލްމަކީ ހަރްޝްވަދަން ކުލްކާނީ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.

ދިއްލީ އަށް ނިސްބަތްވާ ފުލުހެއްގެ ރޯލަކުން ރާޖްކުމާރު ފެނިގެންދާއިރު ބޫމީ މި ފިލްމުން ފެނިގެންދާނީ ޕީޓީ ޓީޗަރެއްގެ ރޯލުންނެވެ. "ބަދާއީ ދޯ" އަކީ ލޯބީގެ ވާހަކަ އެއް ކިޔައިދޭ ފިލްމެކެވެ.

ފިލްމުގެ ފުރަތަމަ ބައި "ބަދާއީ ހޯ" އަށް ވަނީ ނޭޝަނަލް އެވޯޑުވެސް ލިބިފަ އެވެ. ބަދާއީ ދޯ ވެގެންދާނީ ބަތަލާ ބޫމީ އާއި ރާޖްކުމާރު އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.

ބަދާއީ ހޯ އަކީ އަޔޫޝްމަން ކުރާނާ ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމެކެވެ. ސަނާޔާ މަލޯތުރާ، ނީނާ ގުޕްތާ އަދި ގަޖްރާޖް ރާއޯ މުހިންމު ރޯލުތައް ކުޅެފައިވާ އެ ފިލްމުގައި ފެނިގެންދަނީއާޔޫޝްމަންގެ ދުވަސްވީ މައިންބަފައިންނަށް ކުއްޖަކު ލިބެން އުޅޭ ޚަބަރާ އެކު އާޔޫޝްމަންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތެވެ.

comment ކޮމެންޓް