ގާމިން މެރިން އުފެއްދުންތަކުގެ ރާއްޖޭގެ އޯއީއެމް ޑިސްޓްރިބިއުޓަރަކަށް އަލް ޝާލީ މެރިން މޯލްޑިވްސް ހަމަޖައްސައިފި އެވެ.
ގާމިން ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަކީ ޕާމް ޓްރީ މެރިން އެވެ
މިއަދު ސިޓްރޯންގައި ބޭއްވި ހަފްލާގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ޕާމް ޓްރީ މެރިންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް އެވެ. އަދި އަލް ޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް އެވެ.
އަލް ޝާލީ މެރިން މޯލްޑިވްސްއިން ގާމިން އޯއީއެމް ޑިސްޓްރިބިއުޓާ އެއްބަސްވުމުގައި ސޮއިކުރުމާއެކު އެކުންފުނިން އިންސްޓޯލްކޮށް ވިއްކާ ގާމިން ޖީޕީއެސް އަދި ރާޑަރުތަކަށް ވޮރެންޓީ ލިބޭނެ އެވެ. އަދި އެކުންފުނިން އޮޑީ ދޯނި ފަހަރުގައި އަޅުވާ ޖީޕީއެސް އަދި ރާޑަރުތައް ވެސް ހާއްސަ ހެޔޮ އަގުތަކުގައި ލިބޭނެ އެވެ.
އަލްޝާލީ މެރިން މޯލްޑިވްސްއަކީ ރާއްޖޭގައި ކަންޑު އުޅަނދު ބަނުމާއި ސާވިސް ކުރުމުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ.
މިއަދުގެ ހަފްލާގައި ގާމިން ގަޑީގެ ޑީލާއާއި ބްރޭންޑް އެމްބެސެޑާ ވެސް ވަނީ ހަމަޖައްސާފަ އެވެ. ގާމިން ގަޑީގެ ޑީލާއަކަށް ކްލިކް މޯލްޑިވްސް ހަމަޖެއްސިއިރު، ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސީ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް އެވެ.