މާދަމާއިން ފެށިގެން މަޖިލީހުގައި ވެކްސިން ދިނުން އާންމުކޮށް ހުޅުވާލަނީ

މަޖިލީހުގެ އިދާރާގައި ހުންނަ އޭޑީކޭ ހޮސްޕިޓަލުގެ ވެކްސިން ސެންޓަރު-- ފޮޓޯ/މަޖިލިސް

މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވެކްސިން ދިނުން އާންމުކޮށް ހުޅުވާލަން ނިންމައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ މާދަމާއިން ފެށިގެން އުމުރުން 30 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް މަޖިލީހުގެ އިދާރާއަށް ގޮސް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މަޖިލީހުގެ އިދާރާގައި ވެކްސިން ޖެހުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00އިން މެންދުރު 12:00އާ ދެމެދުގަ އެވެ.

އޭޑީކޭއާ ގުޅިގެން މަޖިލީހުގެ އިދާރާގައި ވެކްސިން ޖެހޭނެ އިންތިޒާމު އެޗްޕީއޭއިން ހަމަޖެއްސީ މި މަހުގެ 10ވަނަ ދުވަހުގަ އެވެ.

އޭގެ ފަހުން މިއަދާ ހަމައަށް މަޖިލީހުގައި ވެކްސިން ދެމުން އައިސްފައިވަނީ އެޗްޕީއޭއިން އޭޑީކޭއާ ހަވާލުކޮށްފައި އޮތް ލިސްޓުގައި ތިބޭ މީހުންނަށެވެ.

comment ކޮމެންޓް