ބޫތު ޕޮލިސްގެ އާ ޕޯސްޓަރެއް، ފިލްމު ސެޕްޓެމްބަރު މަހު

ބޫތު ޕޮލިސް ގެ އާ ޕޯސްޓަރު---

ވަރުގަދަ ކާސްޓުންތަކެއް ހިމަނައިގެން ގެނެސްދޭ ފިލްމު "ބޫތު ޕޮލިސް"ގެ އާ ޕޯސްޓަރެއް ދައްކާލާ ފިލްމު ރިލީޒްކުރާނެ ތާރީޚު އިއުލާންކޮށްފި އެވެ.

ފިލްމުގެ ޕޯސްޓަރުން ފިލްމުން ފެނިގެންދާ ހަތަރު ލީޑު ތަރިން ފެނިގެންދާއިރު މި ފިލްމަކީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

ސައިފް އަލީ ޚާން، އަރުޖުން ކަޕޫރު އަދި ޖެކަލީން ފާނަންޑޭޒް ވެސް ފެނިގެންދާ ހޮރޯ ކޮމެޑީ ޖޯންރާއަށް ތައްޔާރުކޮށް ގެނެސްދޭ މި ފިލްމަކީ "ރާގިނީ އެމްއެމްއެސް"ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ އެވެ.

ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމަކީ އަރުޖުން އާ ސައިފް އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އަދި ޔަމީ އާ ޖެކަލީން ވެސް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ހާއްސަކަމަކީ މި ފިލްމުން ފެނިގެންދާ އެއްވެސް ތަރިއަކު މީގެ ކުރިން ބިރުވެރި ފިލްމެއް ކުޅެފައިނުވުމެވެ. ބޫތު ޕޮލިސް އަކީ ބިރުވެރި މަޖާ ފިލްމެކެވެ.

މި ފިލްމުގެ ޝޫޓިން ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ނިންމާލައިފަ އެވެ.

comment ކޮމެންޓް