ކާންޔޭގެ ގާތުން ވަރިވާން ކިމް ހުށައަޅައިފި

ކިމް އަދި އޭނާގެ ފިރިމީހާ---

ކާންޔޭ ވެސްޓްގެ ގާތުން ވަރިވާން މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން ހުށައަޅައިފި އެވެ.

ހަ އަހަރުގެ ކައިވެންޏަށް ފަހު ކާންޔޭގެ ގާތުން ވަރިވާން ކިމް ހުށައެޅީ ލޮސް އޭންޖަލަސްގެ ސުޕީރިއާ ކޯޓަކަށެވެ. އޭނާގެ ގާތުން ވަރިވާން މައްސަލަ ހުށައެޅިކަން ކިމްގެ ރެޕްރެޒެންޓޭޓިވް ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ކިމް އާއި ކާންޔޭއާ ދެމެދު މައްސަލަތަކެއް ޖެހި ދެތަރިން ވަކިން ދިރިއުޅޭތާ ދުވަސްކޮޅެއްވެފައި ވާއިރު ދަރިންގެ ކަންކަމުގައި ބައްދަލުވެ އުޅެއެވެ. ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓް އެންމެ ފުރަތަމަ އެކުގައި ފެނުނީ 2012 ވަނަ އަހަރު އެވެ. އޭގެ ދެއަހަރު ފަހުން 2014 ދެމީހުން ކައިވެނިކުރި އެވެ. އަދި މިހާރު އެ ކައިވެންޏަށް ވަނީ ހަތަރު ކުދިން ވެސް ލިބިފަ އެވެ.

comment ކޮމެންޓް