އާޔޫޝްމަން އާއި ވާނީގެ ފިލްމު ރިލީޒްކުރާނީ ޖުލައި މަހު

ވާނީ އާ އަޔޫޝްމަމް އެކުގައި ފެނިގެންދާ ފިލްމު ރިލީޒްކުރާނީ ޖުލައި މަހު----

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރި އަޔޫޝްމަން ކުރާނާ އާއި ވާނީ ކަޕޫރު އެކުގައި ފެނިގެންދާ ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

މިދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމު "ޗަންދީގަރް ކަރޭ އާޝީގީ" ރިލީޒްކުރާނީ އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ސިނަމާތަކުގަ އެވެ. އެކަން ބަތަލާ ވާނީ ވަނީ ޔަގީންކޮށްދީފަ އެވެ.

އަބީޝޭކް ކަޕޫރު ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ މިދިޔަ އޮކްޓޫބަރު މަހު ޝޫޓްކުރަން ފެށި ފިލްމެކެވެ.ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ އަޔޫޝްމަންގެ އުފަން އަވަށް، ޗަންދީގަރުގަ އެވެ.

މިއީ ލޯބީގެ ފިލްމެކެވެ. މި ފިލްމުގައި އާޔޫޝްމަން އެތުލީޓެއްގެ ރޯލުން ފެނިގެންދާއިރު، ފިލްމު ކުޅުމަށް އޭނާގެ ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

ބަތަލާ ވާނީ ބޮލީވުޑަށް ތައާރަފްވީ 2013 ވަނަ އަހަރު ނުކުތް ފިލްމު 'ޝުދް ދޭސީ ރޮމޭންސް' އިންނެވެ. އަޔޫޝްމަން ބޮލީވުޑަށް ތައަރަފްވީ ޔަމީ ގޯތަމް އާއެކު 'ވިކީ ޑޯނާ' އިންނެވެ.

comment ކޮމެންޓް