އެންސިން ކުންފުނީގެ ކުރިއެރުމުގެ މައި އެއް ހިއްސާދާރުންނަކީ ކުންފުނީގެ މުވައްޒަފުން ކަމަށް އެންސިސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެންސިސް ކުންފުނީގެ 19 ވަނަ އަހަރީ އާއި ގުޅުވައިގެން ވަސީމް ވިދާޅުުވީ އެންސިސް އަކީ ޔޫރަޕާއި އެމެރިކާގައި މިހާރު މަގުބޫލު ކުންފުންޏެއް ކަމަށާއި ކުންފުނީގެ މަގުބޫލުކަން ކަސްޓަމަރުންގެ މެދުގައި އިތުރުވެފައި ވަނީ ކުންފުނީގެ ޕްރޮޑަކްތުތަކުގެ ކޮލެޓީ އާއި އުފެއްދުންތަކަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުން ތަކަކަށް ވުމުން ކަމަށެވެ.
"ރާއްޖެއިން ޔޫރަޕަށް ބޭރުކުރާ މަހުގެ 50 ޕަސެންޓް މާކެޓް ޝެެއާ ހިއްސާކުރަނީ އެންސިސް އިންކަން ފަހުރުވެރިކަމާއެކު ފާހަގަ ކުރަން، މަހެއްގެ މައްޗަށް 300 މެޓްރިކް ޓަނުގެ މަސް ބޭރުކުރާއިރު 5000 އަށް ވުރެ ގިނަ މަސްވެރިންނާ ގާތުން ކުންފުނިން މަސައްކަތް ކުރޭ،" ވަސީމް ވިދާޅުވިއެވެ.
ވަސީމް އިތުރަށް ވިދާޅުވީ ކުންފުނީގެ މުވައްޒަފުންނަކީ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމަށާއި ފާއިތުވި 19 އަހަރު ތެރޭ ކުންފުނީގެ ކުރިއެރުމުގެ ފަހަތުގައި ބޮޑު ހިއްސާއެއް އަދާކުރި ބަޔަކަށް މުވައްޒަފުން ވާނެ ކަމަށެވެ.
އެގޮތުން ކޮވިޑް19 ބަލިމަޑުކަމުގެ ތެރޭގައިވެސް މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް ވަސީމް ވިދާޅުވީ އެންސިސްގެ މުވައްޒަފުންގެ ފަރާތުން އޭރުން ފެށިގެންވެސްދިޔަ ހިތްވަރު ފަހުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށެވެ.
މީގެ އިތުރުން އަބަދުވެސް މަސައްކަތް ކުރާނީ މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކުރުމަށް ކަމަށް ވަސީމް ވިދާޅުވިއެވެ.