ޝަހީދުއަލީމަގުގެ ވަކި ސަރަހައްދެއްގެ ގެތަކުން މިރޭ ފެނުގެ ހިދުމަތައް ބުރޫ އަރާނެ

މަސައްކަތެއް ކުރުމަށް މިރޭ މާލޭ، ޝަހީދުއަލީ މަގުގެ ބައެއް ގެތަކުން ފެނުގެ ހިދުމަތައް ބުރޫ އަރާނެކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.

ފެން ކަނޑާލަނީ މިރޭ 11:00އިން ދަންވަރު 2:00 އަށެވެ.

ފެން ކަޑާލަނީ، ޝަހީދުއަލީ މަގުގެ ފުލޫނިޔާ މަގާއި މުނިޔާމަގު ދެމެދުގެ ސަރަހައްދުގެ ގެތަކުންނެވެ. ފެން ކަޑާލާ ސަރައްހަދު ފޮޓޯގެ ރަތް ކުލައިން ފާހަގަކޮށްފައި އެވަނީ އެވެ.

މަރާމާތެއް ކުރުމަށްޓަކައި މީގެދުވަސްކޮޅެއް ކުރިން ވެސް ވަނީ މާލޭގެ ބައެއް ސަރައްދުތަކުން ރޭގަނޑު ވަކި ގަޑިތަކެއްގައި ފެނުގެ ޚިދުމަތް ކަނޑާލާފަ އެވެ. އަދި މުޅި ހުޅުމާލެ އިން ވެސް ފެނުނުގެ ޚިދުމަތް ވަކި ވަގުތުތަކަކަށް ކަނޑާލާފައިވެ އެވެ.

comment ކޮމެންޓް