ފަލަސްތީންއާއެކު އަށް ގައުމެއްގެ ސަފީރުންނަށް ރުހުން ދީފި

މަޖިލިސް ޖަލްސާއެއްގެ ތެރެއިން: އަށް ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުންނަށް ވަނީ ރުހުން ދީފައި -- ފޮޓޯ/ މަޖިލިސް

ފަލަސްތީން ހިމެނޭ ގޮތަށް އަށް ގައުމަކަށް ރާއްޖެއިން ކަނޑައަލާ ނޮން-ރެސިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މީއީ ފަލަސްތީނަށް ރާއްޖެއިން ސަފީރަކު ކަނޑައެޅި ފުރަތަމަ ފަހަރެވެ.

ފަލަސްތީނަށް ނޮން-ރެސިޑެންޓް ސަފިރެއްގެ ގޮތުގައި ރުހުން ދީފައިވަނީ، ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހަލީލް އެވެ.

ދެން ރުހުން ދީފައިވަނީ، ޔޫކުރައިން، އަޒަރުބައިޖާން، އޮސްޓްރޭލިއާ، އެފްރިކާ، ކެމްބޯޑިއާ، ވިއެޓްނާމް، ލާއޯސް، އިޓަލީ، ތުރުކީ އޮސްޓްރިއާ، މިސްރު އަދި ނިއުޒިލޭންޑްގެ ނޮން-ރެސިޑެންޓް ސަފީރުންނަށެވެ.

ރުހުން ދިން ސަފީރުން:

1. ޔޫކްރައިން - ޖަރުމަނު ސަފީރު، އަހްމަދު ލަތީފު، ހ. ސީވީޑް
2. އަޒަބައިޖާން - އިންޑިއާ ސަފީރު، ހުސައިން ނިޔާޒު، ހ. ނިޔާސާ
3. އޮސްޓްރޭލިއާ އަދި އެފްރިކާ - ސްރީލަންކާ ސަފީރު، އުމަރު ރައްޒާޤު، ހ. ހިކިފިނިފެންމާގެ
4. ތައިލެންޑް ސަފީރު، މުހައްމަދު ޖިނާހް، މއ. ތިބްރޯޒް
5. ކެމްބޯޑިއާ، ވިއެޓްނާމް އަދި ލާއޯސް - ޖެނީވާގެ ދައިމީ މަންދޫބު، ޑރ. އާސިމް އަހްމަދު، ގ. ފަރުކަނި
6. އިޓަލީ، ތުރުކީ އަދި އޮސްޓްރިއާ - ޖެނީވާގެ ސަފީރު، އާމިނަތު ޝަބީނާ، ހ. މިސްޓީލޮޖް
7. މިސްރު އަދި ނިއުޒިލޭޑް ސިންގަޕޫރު ސަފީރު، އިބްރާޙިމް ޝަހީބް، ހ. ޖެހޭވައި

comment ކޮމެންޓް