ދިރާގުޕޭ: ރައްކާތެރި، ފަސޭހަ ޕޭމަންޓް ނިޒާމެއް

ދިރާގު ޕޭ---

ކޮވިޑުގެ ބަލިމަޑުކަމާއެކު ފައިސާގެ މުއާމަލާތްތައް ޑިޖިޓަލްކޮށް ކުރުމަށް ސިއްހީ މާހިރުން ބާރު އަޅުއްވަން ފެށިއެވެ. ނަގުދު ފައިސާގެ ބަދަލުގައި ކޭޝްލެސް ޓްރާންސެކްޝަންސް ތަކަށް ދިޔުމަކީ މިހާލަތުގައި އެންމެ ރައްކާތެރި ގޮތްކަން ހަނދާންކޮށްދޭން ފެށިއެވެ.

ނަގުދު ފައިސާ އަކީ އެންމެ ގިނައިން އޭގައި ޖަރާސީމު އެކުލެވޭ އެކައްޗަށް ވާއިރު، ކޭޝްލެސްކޮށް ޓްރާންސެކްޝަން ހެދުމަށް އޮތް އެންމެ ފަސޭހަ އެއް ގޮތަކީ ދިރާގު ޕޭ އެވެ.

ދިރާގު ޕޭ އިން ދިރާގުގެ ހިދުމަތްތަކަށް ބިލު ދެއްކުމުގެ އިތުރުން ގިނަ ރެސްޓޯރެކްޓް، ކެފޭ އަދި ފިހާރަތަކުގެ ބިލަށްވެސް ފައިސާ ދައްކާލެވޭނެއެވެ.

މީގެ އިތުރުން ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ކުރުމަށްވެސް ދިރާގު ޕޭ ބޭނުން ކުރެވޭނެއެވެ.

ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާންސްފާ މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ކޭޝް އިން ކުރެވޭނެއެވެ.

މީގެ އިތުރުން، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ސީދާ ބޭންކް އެކައުންޓުން ބޭންކް ޓްރާންސްފާ ނުވަރަ ބޭންކް ކާޑު މެދުވެރިކޮށް ޑައިރެކްޓްކޮށް ކޭޝްއިން ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އަދި އިސްލާމިކް ބޭންކް ކަސްޓަމަރުންނަށްވެސް ކޭޝްކާޑު ބޭނުންކޮށްގެން ދިރާގު ޕޭ އަށް ކޭޝް އިން ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ބަލިމަޑުކަމުގެ މި ހާލަތަށް ރިއާޔަތްކޮށް ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަ ވިޔަފާރިތަކުން ދިރާގު ޕޭ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިންގަން ފަށާފައިވާ ކަމަށެވެ.

ދިރާގު ޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 380 އަށް ވުރެ ގިނަ ވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެތެރޭގައި ޑެލިވަރީގެ ހިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓޯރެންޓު ތަކާއި އާންމު ބޭނުންތަކަށް ހާއްސަ ތަކެތި ވިއްކާ ފިހާރަތަކުގެ އިތުރުން ސުޕަމާކެޓުތަކާއި ސެލޫންއަދި ހޮސްޕިޓަލް ތައްވެސް ހިމެނެއެވެ.

ދިރާގުންބުނީ އިތުރު ވިޔަފާރިތައް ވެސް މި ޑިޖިޓަލް ޕޭމަންޓް ނިޒާމަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ފުރުސަތު، މި ހިދުމަތް ބޭނުން ކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުޕޭ އަކީ ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ޒަމާނީ ހިދުމަތެކެވެ.

ދިރާގު ޕޭ ގެންގުޅުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށް ވާކަށް ވެސް ނުޖެހޭނެއެވެ.

އަބަދުވެސް ބަލަނީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށް ކަމަށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް