ޓީވީ ޑްރާމާ ކުޅުން ހުއްޓާލުމަށްފަހު ލަތާގެ މިސްރާބު ފިލްމުތަކަށް

ޓީވީ އެކްޓްރަސް ލަތާ---

ސްޓާޕްލަސް އިން ދައްކަމުން އަންނަ މަގްބޫލު ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގައި މުހިއްމު ރޯލެއް އަދާކުރި ޓީވީ ބަތަލާ ލަތާ ސަބްރަވާލް ޓީވީ ސިލްސިލާތައް ކުޅުން ހުއްޓާލައިފި އެވެ.

ލަތާ 45، އިންސްޓަގްރާމް މެދުވެރިކޮށް ޓީވީ ޑްރާމާތައް ކުޅުން ހުއްޓާލިކަން އިއުލާންކުރަމުން ބުނީ އޭނާ މިހާރު ބޭނުން ވަނީ ވެބް ސީރީޒްތަކާއި ފިލްމުތަކުގައި މަސައްކަތްކުރަން ކަމަށެވެ. އަދި ކިތަންމެ ކުޑަ ރޯލެއް ލިބުނު ނަމަވެސް އެ ރޯލެއް ކުޅެން ތައްޔާރަށް ހުރިކަމަށެވެ. ލަތާ ވަނީ ޑްރާމާތަކުން އޭނާއަށް ފުރުސަތު ހޯދައިދިން އެންމެންނަށް ޝުކުރުއަދާކޮށްފަ އެވެ.

"ޔޭ ރިޝްތޭ ހޭ ޕޔާރު ކޭ"ގައި ވެސް މަސައްކަތް ކުރި ލަތާ ވަނީ މީގެ ކުރިން ވެސް ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ޝާހިދު ކަޕޫރުގެ "ވިވާ" އާއި ޝާހިދުގެ އަލަތު ފިލްމު "އިޝްގް ވިޝްގް"ގެ އިތުރުން ސަލްމާން ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" ހިމެނެ އެވެ.

comment ކޮމެންޓް