ޓީވީ އެކްޓަރު ނަކުލް މެހެތާ އަށް ފިރިހެން ކުއްޖެއް ލިބިއްޖެ

ނަކުލް އާ ޖަންކީ---

ޓީވީ އެކްޓަރު ނަކުލް މެހެތާ އާއި އޭނާގެ އަންހެނުން ލަވަކިޔުންތެރިޔާ ޖަންކީ ޕާރެކް އަށް ފިރިހެން ކުއްޖެއް ލިބިއްޖެއެވެ.

މިއީ އެ ދެމަފިރިންގެ އަލަތު ދަރިފުޅެވެ. އަލަތު ދަރިފުޅު ލިބުމާއެކު ނަކުލް އިންސްޓަގްރާމްގައި ދަރިފުޅުގެ އަތުގެ ފޮޓޯއެއް ހިއްސާކުރަމުން ބުނީ ދަރިފުޅު އުފަންވީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.

ނަކުލް އާއި އޭނާގެ އަނބިމީހާ ޖަންކީ އަށް އަލަތު ދަރިފުޅު ލިބުމާއެކު ގިނަ އަދަދެއްގެ ޓީވީ ތަރިންނާ ލަވަކިޔުންތެރިން އަންނަނީ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ނަކުލް އަކީ ސްޓާޕްލަސްއިން ކުރިން ދެއްކި ހިންދީ ޑްރާމާ ސިލްސިލާ "އިޝްގްބާޒް"ގައި ޝިވާއި ސިންހް ސިންގް އޮބެރޯއީގެ ރޯލް ކުޅުނު އެކްޓަރެވެ.

ނުވަ އަހަރު ދުވަސްވަންދެން ލޯބީގެ ގޮތުން އުޅުމަށްފަހު ދެތަރިން ކައިވެނި ކުރީ 2012 ވަނަ އަހަރުއެވެ.

comment ކޮމެންޓް