ކަރަންގެ "ތަޚްތު"ގެ މަސައްކަތް ފަސްކޮށްފި

ތަޚްތު ނުހަދާނެ ކަމަށް ދެކެވޭ ވާހަކަ ކަރަން ވަނީ ދޮގުކޮށްފައި---

ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމު، އަދި އޭނާގެ ފުރަތަމަ އެޕިކް "ތަޚްތު" ފިލްމު ނުހަދާން ނިންމި ކަމަށް ދެކެވޭ ވާހަކަ ކަރަން ދޮގުކޮށްފި އެވެ.

ކަރަން ބުނީ އެ ފިލްމު ނުހަދާން ނިންމާލީ ނޫން ކަމަށާއި ފިލްމުގެ މަސައްކަތްކުރުން ފަސްކޮށްލީ ކަމަށެވެ. މި ފިލްމު ކަރަން އިއުލާންކުރީ 2019 ވަނަ އަހަރު ވަރުގަދަ ކާސްޓަކާއެކުގަ އެވެ. އާލިއާ ބަޓް، ރަންވީރު ސިންހް، ކަރީނާ ކަޕޫރު ޚާން، ވިކީ ކޯޝަލް، ބޫމީ ޕެޑްނޭކަރު، އަނިލް ކަޕޫރު އަދި ޖާންވީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ދެބެންގެ ދެމެދުގައި ހިނގާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށް ކަރަން މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުންޏެވެ. ފިލްމުގައި ދެބޭންގެ ރޯލް ކުޅޭނީ ރަންވީރާއި ވިކީ އެވެ.

ކަރަންގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭން ހުރި ފިލްމުތަކުގެ ތެރޭގައި "ޖުގް ޖުގް ޖިއޯ"، "ދޯސްތާނާ 2"، "މިސްޓަ ލޭލޭ" އަދި "ޝޭރު ޝާހް" ހިމެނެ އެވެ.

comment ކޮމެންޓް