ޑިޒްނީ އިން މިފަހަރު ގެނެސްދެނީ "ރާޔާ އެންޑް ދަ ލާސްޓް ޑްރެގަން"

ފިލްމުގެ ޕޯސްޓަރެއް---

ޑިޒްނީ އިން ގެނެސްދޭ އާ ފިލްމު "ރާޔާ އެންޑް ދަ ލާސްޓް ޑްރެގަން" ރިލީޒްކުރާ ދުވަސް އިއުލާންކޮށްފިއެވެ.

ޑޮން ހޯލް އާ ކާލޯޒް ލޮޕޭޒް އެސްޓްރާޑާގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ މި ފިލްމު ތިއޭޓާތަކުގައި އަޅުވާނީ އަންނަ މާޗު މަހުގެ ފަސް ވަނަ ދުވަހުއެވެ. ފިލްމުގެ ޓްރެއިލާ ވެސް މިހާރު އާންމުކޮށްފައިވާއިރު ޓްރެއިލާ އަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

ހިތްވަރުގަދަ ޕްރިންސަސް އަކަށް ދިމާވާ ކަންތައްތަކެއް ފެނިގެންދާ މި ފިލްމުގައި ރާޔާގެ ކެރެކްޓާއަށް އަޑު އަޅައިދިނީ ކެލީ މާރީ ޓްރާން އެވެ. މި ފިލްމު ޑިޒްނީ ޕްލަސްގައި ޕްރިމިއާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޑިޒްނީ އަކީ ގިނަ އަދަދެއްގެ ކާމިޔާބު އެނިމޭޓަޑް ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ބައެކެވެ.

comment ކޮމެންޓް