އިސްދޫ ބަނދަރު މަޝްރޫއުގެ 50 ޕަސެންޓް ނިމިއްޖެ

ލ. އިސްދޫ ބަނދަރު ތަރައްގީކުރާ މަޝްރޫއުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ. އަދި އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތެރެކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެކުންފުނިން ބުނެ އެވެ. އެ މަސައްކަތުގެ 45 ޕަސެންޓް ވަނީ ނިމިފަ އެވެ.

މި މަޝްރޫއުގައި ހިމެނޭ މަސައްކަތްތަކަކީ؛

  • 27،129 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން
  • 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން
  • 208 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން
  • 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން
  • ބަނދަރު ބައްތި ހަރުކުރުން
  • 1560 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުން

މި މަޝްރޫއުގެ އަގަކީ 34.7 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް