"އަދިޕުރުޝް"ގެ ޝޫޓިން ފަށާނީ އަންނަ މަހު

އަދިޕުރުޝްގެ ޝޫޓިން އަންނަ މަހު ފެށުމަށް ވަނީ ހަމަޖެހިފައި---

ސައިފް އަލީ ޚާން އާ "ބާހުބަލީ" އިން ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރު ޕްރަބާސް ލީޑު ރޯލުން ފެނިގެންދާ ފިލްމު "އަދިޕުރުޝް"ގެ ޝޫޓިން އަންނަ މަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު ފިލްމުގެ ޝޫޓިން ޕްރަބާސް އާއެކު ފެށުމަށް ހަމަޖެހިފައިވާއިރު މި ފިލްމުގެ މޯޝަން ޕޯސްޓަރެއް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. ދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމު އަދިޕުރުޝް ރިލީޒްކުރާނީ 11 އޯގަސްޓް 2022 ގަ އެވެ. ޓީ ސީރީޒުން ޕްރޮޑިއުސްކުރާ އެ ފިލްމުގެ ލީޑު ބަތަލާ އަދި ހާމަކޮށްފައިނުވާއިރު ފިލްމުގައި ސައިފް ކުޅެނީ ވިލަން އެއްގެ ރޯލެވެ.

އޯމް ރައުތު ޑައިރެކްޓްކުރާ މި ފިލްމުގެ ފަސްޓްލުކް މިހާރު ދައްކާލާފައިވާއިރު ސައިފް މި ފިލްމުގެ ޝޫޓިން ފަށާނީ ކަރީނާ ކަޕޫރު ވިހާ ގަދަވުމުންނެވެ. މީގެ ކުރިން އޯމް ބޭރުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ސައިފް ފިލްމުގެ ޝޫޓިންތަކުގައި ބައިވެރިވާނީ ޕެޓާނިޓީ ލީވް ނިމުމުން ކަމަށާއި އެ ލީވް ނިމޭނީ އަންނަ މާޗު މަހުކަމަށެވެ. ފިލްމުގައި ސައިފް ކުޅެނީ ލަންކޭޝް ކިޔާ ކެރެކްޓަރެކެވެ.

comment ކޮމެންޓް