ގއ. އަތޮޅު ފެރީއިން ދަތުރުކުރި މީހުންގެ މައުލޫމާތު އަންގައި، ކަރަންޓީންވެ ތިބުމަށް އެދެފި

ގއ. ދެއްވަދޫ

ގއ. އަތޮޅު ފެރީ "ކޮއިމަލާ4"އިން ދަތުރުކުރި މީހުންގެ މައުލޫމާތު ހިއްސާކޮށްދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެދެފި އެވެ.

އެޗްޕީއޭއިން އެދުނީ މިމަހުގެ ނުވަވަނަ ދުވަހު ގއ. އަތޮޅު ފެރީއިން ދަތުރުކުރި މީހުން، އެމީހަކު ހުރި ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކަށް މައުލޫމާތު ހިއްސާކޮށްދިނުމަށެވެ.

ހަމައެއާއެކު އެ ފަރާތްތައް މިމަހުގެ 23 ވަނަ ދުވަހާ ހަމައަށް ކަރަންޓީންވެ ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

ކޮވިޑް ފެތުރިފައިވާ ގއ. ދެއްވަދޫއިން ދަތުރުކުރި މީހަކާ ކޮންޓެކްޓުވެ، އެ އަތޮޅު ދާންދޫއިން ދެ މީހަކާއި ވިލިނގިލިން މީހަކު މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ދެއްވަދޫގައި ކޮވިޑް ފެތުރެން ފެށީ ހުސްވި ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް