އިތުރު ދެ މީހަކު ޕޮޒިޓިވްވެ، ގަން ފޮނަދޫ މޮނިޓަރިން އަށް

ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީ-- ފޮޓޯ: ލ. ގަން ރީޖަނަލް ހޮސްޕިޓަލް

މިހާރު މޮނިޓަރިންގ ގައި އޮތް ގއ. ދެއްވަދޫ އިން ލ. ފޮނަދޫ އަށް ދިޔަ އިތުރު ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، ލ އަތޮޅުގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންގ އަށް ލައިފި އެވެ.

ފޮނަދޫ ހެލްތު ސެންޓަރުން ބުނީ ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ދެއްވަދު އިން އެރަށަށް ދިޔަ ހަތަރު މީހުން ކަމަށެވެ.

އެ ހަތަރު މީހުން ވެސް ކޮވިޑަށް ޓެސްޓުކުރީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުންނެވެ.

ހަތަރު މީހުން ވެސް ކޮވިޑަށް ޕޮޒިޓިވްވުމާ އެކު، ކޮންޓެކްޓް ޓްރޭސިންގ ނިމެންދެން ފޮނަދޫ އާއި ގަން މޮނިޓަރިންގ އަށް ލާފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.

ދެއްވަދުއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. މިހާތަނަށް އެރަށުން 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ދެއްވަދުއަށް އަރާ ފޭބުން މަނާކޮށްފައި ވާއިރު، އެރަށުގައި ކޮވިޑު ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި 200 ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް