ގިނައަދަދެއްގެ ސްކޫލް ތަކުގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭ "އެޗްއެމްއެފް މޯލްޑިވްސް" ގެ ސްކޫލް ޔުނީފޯމްތައް މޯލްޑިވްސް ޕޯސްޓްގެ "އީ-ޓުކުރި ޕްލެޓްފޯމް" އިން އޮންލައިންކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
އީ-ޓުކުރިން ބުނީ، އަށް ސްކޫލެއްގެ އެކްޓިވިޓީ ޔުނީފޯމް އޮންލައިންކޮށް މިހާރު އީ-ޓުކުރިން ގަނެވޭނެކަމަށެވެ.
އެގޮތުން އަމީނިއްޔާ ސްކޫލް، އިއްޒުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ޣާޒީ ސްކޫލް، ސީ.އެޗް.އެސް.އީ އަދި ޢަރަބިއްޔާ ސްކޫލުގެ އެކްޓިވިޓީ ޔުނިފޯމު އެ ޕްލެޓްފޯމުން ލިބޭނެއެވެ.
އީ-ޓުކުރި ޕްލެޓްފޯމްގެ މިހިދުމަތާއިއެކު ބެލެނެވެރިންނަށް ކިޔުގައި ވަގުތު ހޭދަނުކޮށް ކޮންމެތާކު ހުރެގެންވެސް ގަނެވޭނެ މަގު ވަނީ ފަހިވެފައެވެ.
މި ހިދުމަތް ހޯދުމަށް މުދާ ގަތުމަށްފަހު އޮންލައިންކޮށް ފައިސާ ދެއްކޭނެ އެވެ. އަދި 24 ގަޑިއިރުތެރޭ ޑެލިވަރީ ކޮށްދޭނެއެވެ.
އީ-ޓުކުރި ޕްލެޓްފޯމް އިން ގަންނަ އައިޓަމް ޓްރެކް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު ޭގެ ދޮރުމައްޗާއި ހަމައަށް ޑެލިވަރީ ކޮށްދޭނެއެވެ.
އެޗްއެމްއެފް މޯލްޑިވްސްއިން ބުނީ އީ-ޓުކުރި އާ ގުޅިގެން އޮންލައިންކޮށް އެކްޓިވިޓީ ޔުނީފޯމް ލިބޭނެގޮތް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ، ބެލެނިވެރިން އަދި ދަރިވަރުން ގިނަ ވަގުތު ކިއުގައި މަޑުނުކޮށް، ރައްކާތެރިކަމާއެކު، ގައިދުރުކުރުމާ އެކު ގޭގައި ތިބެގެން ފަސޭހައިން ޔުނީފޯމް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތުބޭނުންނަމަ އީޓުކުރީގެ ފޭސްބުކް ޕޭޖް އިން އަދި ހޮޓްލައިން 7632513 އިން ނޫނީ އީމެއިލް، info@etukuri.mv މެދުވެރިކޮށް މައުލޫމާތު ލިބޭނެއެވެ.
އީ-ޓުކުރި ލޯކަލް ޕްލެޓްފޯމަކީ ރަޖިސްޓްރީވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ކޯޕަރޭޓިވްސްތަކާއި އަދި އޮންލައިން ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޕޯސްޓުން ފޯރުކޮށްދޭ އީ-ކޮމާސް ސޮލިއުޝަންއެކެވެ.