މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ވަތުތެރެއަށް ޒުވާނަކު ވެއްޓި އޭނާގެ އަތް ބިނދިއްޖެ އެވެ.
އެމްއެންޑީއެފް އިން މިއަދި ބުނީ "ދޯދި" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިޔަކު ދޯނީގެ ވަތުތެރެއަށް ވެއްޓި އޭނާގެ އަތް ބިނދިފައިވާ ކަމަށެވެ.
އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 1615 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި އެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފަޅުވެރިޔެކެވެ.
އަދި އެ ހާދިސާ ހިނގާފައިވަނީ ކ. ކޮށްދިއްޕަރު ކައިރި ސަރަހައްދެއްގައި މަސްވެރިކަމަށް ނިކުމެ އުޅެނިކޮށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އަނިޔާވި މީހާގެ ހާލާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.