އެމްއައިބީގެ މޮރެޓޯރިއަމަށް އެދުން އަދިވެސް ކުރިއަށް

އެމްއައިބީ ހެޑް އޮފީސް -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މޮރެޓޯރިއަމްއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެމްއައިބީގެ އޮފިޝަަލަކު "ސަން" އަށް ވިދާޅުވީ މޮރެޓޯރިއަމްއަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އެމްއައިބީއިން މޮރެޓޯރިއަމަށް ހުޅުވާލި އެވެ.

މޮރެޓޯރިއަމަށް އެދި ހުށަހަޅާނީ އެމްއައިބީގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

ކޮވިޑް19އާ ގުޅިގެން އެމްއައިބީއިން މީގެ ކުރިންވެސް ވަނީ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފަ އެވެ.

އެގޮތުން ރީޓެއިލް އަދި ކޮންޒިއުމާ ފައިނޭންސިންގެ އިތުރުން ބިޒްނަސް އަދި ކޯޕަރޭޓް ފައިނޭންސިން ފެސިލިޓީތަކަށް ލުއިދީފައިވެ އެވެ.

comment ކޮމެންޓް