ތިލަފުށީ ފަޅުގައި އޮތް ދޯންޏެއްގައި ރޯވެ ފިހުނު މީހަކު މާލެ ގެންނަނީ

ތިލަފުށީ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެ އަނދަނީ --- ފޮޓޯ/ އެމްވީ ކްރައިސިސް

ކ. ތިލަފުށީ ފަޅުގައި އޮތް ދެ އުޅަނދުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާޙިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބުނީ މިއަދު ހަވީރު 16:39 ކަމަށެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ދޯންޏަކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށާއި އެ ދޯނީގެ ވާ ކަނޑާލުމުން ދޯނި ފަޅުން ބޭރަށް އޮޔާދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މި ހާދިސާގައި ފިހުނު ދިވެހި މީހަކަށް ފަރުވާ ދިނުމަށްޓަކައި ސިފައިންގެ އެހީއާއެކު މާލެއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފްއިން ވަނީ ހަވީރު 17:37 ހާއިރު އަލިފާން ކޮންޓްރޯލު ކޮށްފަ އެވެ.

comment ކޮމެންޓް