މާރާމާރީއަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

ގެއްލިގެން ހޯދަން އިއުލާން ކުރި އަލަމިން މިއާ

މާރާމާރީއަކާ ގުޅުގެން ބިދޭސީއަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަން އިއުލާން ކުރީ، ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަލަމިން މިއާ (40އ)، ޕާސްޕޯޓް ނަންބަރު BY0942817 އެވެ.

ފުލުހުން މިއަދު ބުނީ، އޭނާ ހޯދަން އިއުލާން ކުރީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަލަމިން މިއާ އާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާ ނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791674 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

މާލޭގައި ވެސް ދާދިފަހުން ވަނީ ދެ ބިދޭސީއެއްގެ ދެމެދުގައި މާރަމާރީއެއް ހިނގައިފަ އެވެ. އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ސާފެއް ނޫނެވެެ.

comment ކޮމެންޓް