އޭޑީކޭގެ ކެންޓީނު ބަންދުކޮށްފި

އޭޑީކޭ ހޮސްޕިޓަލްގެ ކެންޓީން -- ސަން ފޮޓޯ

އޭޑީކޭ ހޮސްޕިޓަލްގައި ހިންގާ ކެންޓީނު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަންދުކޮށްފިއެވެ.

ކެންޓީނު ބަންދުކޮށް އެޗްޕީއޭއިން އެތަނުގައި ހަރުކޮށްފައިވާ ނޯޓިސްގައި ބުނެފައިވާ ގޮތުގައި އެތަން ބަންދުކުރީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަކުގެ ގަވައިދާ ހިލާފުވެގެންނެވެ.

އެ ނޯޓިސްގައި އިތުރަށް ބުނީ އެ ނޯޓިސް ހިއްޕާފައި ހުންނަ މުއްދަތުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަކީ މަނާކަމެއް ކަމަށެވެ.

ކާބޯތަކެތީގެ މިންގަނޑުތަކަށް ސައި ހޮޓާ ރެސްޓޯރެންޓާއި ކެންޓީނުތައް ހުރޭތޯ ބެލުމަށް އެޗްޕީއޭއިން ދޭތެރެ ދޭތެރެއިން އިންސްޕެކްޓްކޮށް ބަލައި ހަދައެވެ. އަދި ގަވާއިދަށް ނުފެތޭ ކިތަންމެ ތަނެއް މީގެ ކުރިން ބަންދުކޮށްފައިވެއެވެ.

comment ކޮމެންޓް