ލަންކާގެ މައްތަލަ އެއާޕޯޓަށް މޯލްޑިވިއަންގެ ޗާޓަރު ދަތުރުތަކެއް ފަށަނީ

މޯލްޑިވިއަންގެ ފްލައިޓެއް --- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

ގައުމީ އެއާލައިން މޯލްޑިވިއަންއިން ސްރީލަންކާގެ ދެކުނުގައި އޮންނަ ހަމްބަންތޮޓަ ޑިސްޓްރިކްޓަށް ޗާޓަރު ދަތުރުތަކެއް ފަށަން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަންއިން ބުނީ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަން ފަށާ މި ދަތުރުތައް ކުރިއަށްގެންދާނީ އެއްމަހުގެ މުއްދަތަކަށް ކަމަށެވެ.

މި މުއްދަތުގައި މާލެއާ މައްތަލަ އެއާޕޯޓާ ދެމެދު ހަފުތާއަކު ދެ ދަތުރު ކުރާނެ އެވެ.

މި ދަތުރުތަކުގެ ތެރެއިން މައްތަލައަށް ދާ ފުރަތަމަ ފްލައިޓް ރާއްޖެއިން ފުރަން ތާވަލުކޮށްފައިވަނީ މިރޭ 11:45 އަށެވެ.

މޯލްޑިވިއަންއިން ވަނީ މިދިޔަ އަހަރު ލަންކާގެ އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށްޓަކައި ދިރާސާތަކެއް ވެސް ކޮށްފަ އެވެ. އެހެން ނަމަވެސް އާ މަންޒިލަކަށް ޝެޑިއުލް ދަތުރުތައް ކުރަން އަދި ނުފަށަ އެވެ.

comment ކޮމެންޓް