މާނަގަލާ ކައިރިއަށް ގެނބުނު ކުއްޖަކަށް ފަރުވާ ދެނީ

އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ އައްޑޫލައިވް

ގއ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ މާނަގަލާގެ ކައިރިއަށް ގެނބުނު ކުއްޖަކު ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފިއެވެ.

މިއަދު މެންދުރު 01:30 ހާއިރު ގެނބުނީ އެ ރަށަށް ދަތުރު ގޮސްގެން އުޅުނު 13 އަހަރުގެ ފިރިގެން ކުއްޖެކެވެ.

އެމްއެންޑީއެފްއިން ބުނީ ގެނބުނު ކުއްޖާ ސަލާމަތްކުރީ އޭނާގެ އާއިލާގެ ކުއްޖެއް ކަމަށެވެ.

ގެނބުނު ކުއްޖާގެ ހާލު ދެރެވެގެން އެމްއެމްޑީއެފްގެ ކޯސްޓުގާޑުގައި އޭނާ ފަހުން ވަނީ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ގއ. އަތޮޅު ހޮސްޕިޓަލުން ބުނީ ގެނބުނު ކުއްޖާއަށް ނޭވާލުމުގެ ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް މިހާރު ހާލު ރަނގަޅު ކަމަށެވެ.

comment ކޮމެންޓް