ރާއްޖެއަށް ހިޖުރަކުރާ މީހުންނަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރާ ބަޔެއްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ހިޖުރަ ކުރާ މީހުންގެ ދުވަސް ނުވަތަ މައިގްރެންޓްސްް ޑޭއާ ގުޅިގެން ދެއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ ހިޖުރަކުރާ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"ލޭބަރުންގެ ގޮތުގައި، ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުންގެ ގޮތުގައި ނޫނީ ޑޮކްޓަރުން އަދި ޓީޗަރުންގެ ގޮތުގައި ނޫނީ އިންޖިނިއަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ރާއްޖެ އަންނަ ބޭރުގެ ފަރާތްތަކުން ވަނީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ރާއްޖެއަށް ހިޖުރަކުރާ މީހުންނާއި ބޭރުގެ އެހެންގައުމުތަކަށް ހިޖުރަކުރާ މީހުން، އެމީހުން އެ ހިޖުރަކުރާ ގައުމެއްގެ ތަރައްގީ އަށް ކުރާ މަސައްކަތް ބަލައިގަންނަ ކަމަށާއި އެފަދަ މީހުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެ ފައެވެ.
ހިޖުރަކުރާ މީހުންގެ ހައްގުތަކަށް ބުރޫނާރާނެހެން، އެއްވެސް މަޖުބޫރުކުރުމެއްނެތި، ރައްކާތެރިކަމާއެކު، ހިޖުރަކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ އިންސާނީ ވަގުފާރިކުރުން ހުއްޓުމަކަށް ގެނައުމަށް ސަރުކަރުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައިފަ އެވެ.
މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ރިޔާސަތު، 2019 ވަނަ އަހަރުގެ ފަހުކޮޅު، މިނިސްޓްރީ އޮފް ޑިފެންސާ ހަވާލުކޮށްފައިވާއިރު، އިންސާނީ ވަގުފާރިއަށް ނިމުމެއް ގެނައުމަށް ވަނީ ފިޔަވަޅުަތައް އަޅައިފަ އެވެ. އެގޮތުން، ފެބްރުއަރީމަހުގެ ތެރޭގައި، ކެބިނެޓުންވަނީ މޯލްޑިވްސް ނޭޝަނަލް އެންޓި-ހިއުމަން ޓްރެފިކިން އެކްޝަން ޕްލޭން ފާސްކޮށްފަ އެވެ. އަދި ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންސްޓިއަރިން ކޮމިޓީ ސްޓްރީމްލައިންކޮށް އަލުން ވަނީ އެކުލަވާލައިފަ އެވެ.
މީގެ އިތުުން މިނިސްޓްރީ އޮފް ޑިފެންސްގައި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގެ ނަމުގައި މަގާމެއް އުފައްދައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހިޔާއެއް ގާއިމްކުރުމަށް ގުޅީފަޅުން ބިމެއް ހަމަޖައްސައި، އެތަން ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށް އެންޓި-ޓިޕް އޮފީހުގެ ނަމުގައި އޮފީހެއް ޑިފެންސް މިނިސްޓްރީގައި ގާއިމް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
މީގެ އިތުރުން މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ގާނޫނު، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްކުރުމުގެ މަސައްކަތް ފަށައި، އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުވައިދިނުމާ ބެހޭ ގައިޑްލައިނާއި ޝެލްޓާ ހިންގުމާ ބެހޭ ގައިޑްލައިންސް ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
comment ޢަހު
4 year 4 month ago
މިގައުމަށް ޙިޖްރަ ކުރާމީހުންގެ ހައްގުތައް ހިމާޔަތް ކުރާނަމޭ ބުނާއިރު ދިވެހި ރައްޔިތުންގެ އެއްވެސް ޙއްގެއް ހިމާޔަތް ނުކުރެވި 2 އަހަރު މިވީ ދެން ކޮން ޙައްގެކޭ ތިކިޔަނީ ޙައްގަކީ ﷲގ އިސްމުފުޅައް ފައިންއަރާފަ ތަންތަންރޯކޮށް ހުޅުޖެހުން މިނޫން އެހެން ޙައްގެއް ތިޔަ ބްނާ މާރިޔާ އކަށްނޭނގެނެ
comment ހަބީބު.
4 year 4 month ago
ހިޖުރައޭނުކިޔަ ދިވެހިންގާތު ބުނެބަލަ އާބާދީ މަދިއްޔާ ކޮންމެ ދެމަފިރިޔަކު 6 ދަރިން ހޯދަން ސަރުކާރުން ތިޔައުޅެނީ މިތަނައް އިންޑިޔާ ވޯރާ ވިޔަފާރިވެރިންގެ ބަޔަކު އަރުވާފަ ވެރިކަމުގެ ބާރު ތާއަބަދު ދެމެހެއްޓޭތޯ އެފުރުސަތެއް ދިވެހިން ނުދޭނެ ދައުލަތުން ދީބަލަ ބޯހިޔާވަހިކަމާ ރިސޯޓުގަ ހުރި ދިވެހި މުވައްޒަފު މީހާޔައް އެކަށީގެންވާ އުޖޫރަ އޭރުން ނުޖެހޭނެ މިތާކައް ހިޖުރަވެރިން އަރުވާކައް
comment ހަމީދު
4 year 4 month ago
އާދެ! އިންޑިޔާ ހުރިހާ ސިފައިންނަކީ ހިޖްރަކުރި ބައެއްގެގޮތުގައި ކަނޑައަޅައި އެމީހުންގެ ހުރިހާ ހައްގެއް ހިމާޔަތްކޮއްދީ ޓެކްސް ގައިސާއިމް އެމީހުމްަސް ކާންބޯންދީ ގެދޮރުވެރިކުރއްވާ. އެކަންކުރަން ވެގެން ޖަހާމަޅިއެއްތީ. ބޯގޯސް ޑަކައިތެއް
comment ސިނަސް
4 year 4 month ago
ގާނޫނު އަސާސީއަށް ފައިން އެރި މާރިޔާ މިދައްކަނީ ވަރަށް ނުރައްކާތެރި ވާހަކައެއް. މިވަބާއިން މިޤައުމު ސަލާމަތް ކޮށްދެއްވާށި