ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ދައުވާ އަޒެރުބައިޖާންގެ ދެ ސިފައިންގެ މައްޗަށް އުފުލައިފި

އާމީނިއާ އަދި އަޒެރުބައިޖާން ހަނގުރާމައިގެ ތެރެއިން--

ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ދައުވާ އަޒެރުބައިޖާންގެ ދެ ސިފައިންގެ މައްޗަށް އުފުލައިފި އެވެ.

ދާދި ފަހުން އަޒެރުބައިޖާންއާއި އާމީނިއާގެ ހަނގުރާމައިގައި އެ ދެ ސިފައިން ވަނީ އާމީނިއާގެ ސިފައިންގެ ހަށިގަނޑުތަކަށް އެކި ގެއްލުންދީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

އަޒެރުބައިޖާންގެ ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވީ އެފަދަ އަމަލުތަކަކީ އަޒަރުބައިޖާންގެ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށެވެ.

ހަނގުރާމައިގައި އާމީނިއާ ބަލިވި އިރު އެ ގައުމުން ހިފައިގެން އުޅުނު އަޒެރުބައިޖާންގެ ސަރަހައްދުތައް މިހާރު ވަނީ އަޒެރުބައިޖާންއާ ހަވާލު ވެސް ކުރަން ފަށައިފަ އެވެ.

އަޒެރުބައިޖާން އިން މިހާރު ދަނީ ހަނގުރާމާގައި ހައްޔަރުކުރި އާމީނިއާގެ ސިފައިންތައް އާމީނިއާއާ ހަވާލުކުރަންވެސް ތައްޔާރުވަމުންނެވެ.

އާމިނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔާން ވިދާޅުވީ އަޒެރުުބައިޖާންއިން ހައްޔަރުކުރި 44 އާމީނިއާ ސިފައިން ރަޝީއާގެ އެއާކްރާފްޓެއްގައި ވަރަށް އަވަހަށް އާމީނިއާއަށް ދާނެ ކަމަށެވެ.

ނިމިގެން ދިޔަ ހަނގުރާމައިގައި އަޒެރުބައިޖާން އަދި އާމީނީއާގެ ސިފައިންގެ ތެރެއިން 5000 މީހުން މަރުވި އެވެ. އަދި އާންމުންގެ 143 މީހުން ވެސް މަރުވި އެވެ.

ހަނގުރާމަ ނިމުނަސް ދާދި ފަހުންވެސް ދައުމުގެ ދެގައުމުގެ ދެމެދުގައި ހަމަލާތަކެއް ބަދަލުކޮށްފައިވެ އެވެ. އަޒެރުބައިޖާން އިން ބުނީ މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި އެގައުމުގެ ހަތަރު ސިފައިން މަރުވި ކަމަށެވެ.-- ބީބީސީ-

comment ކޮމެންޓް