އޮޑިޓް އޮފީހުގެ އަހަރީ އޮޑިޓް ކުރާނެ ބަޔަކު ހޯދަނީ

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ 2020 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރާނެ އޮޑިޓް ފާމެއް ހޯދަން ރައްޔިތުންގެ މަޖިލީހުން އިއުލާނުކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޮޑިޓް އޮފީހުގެ އަހަރީ އޮޑިޓް ކުރުމަށް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އެކުލަވާލާފައިވާ ރާއްޖޭގައި އޮޑިޓްކުރުމާއި އެޝޫރެންސް ހިދުމަތްދިނުމުގެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ އޮޑިޓް ފާމްއެއް ހަމަޖައްސަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން 17 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު، ތިނެއް ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހަޅަން އެދޭކަމަށް އެ އިއުލާނުގައިވެ އެވެ.

comment ކޮމެންޓް