ސަލްޓަންޕާކު އަދި ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން ސަލްޓަންޕާކު އަދި ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނަ ދުވަސްތަކަށް ބަދަލު އައިސްފައިވާ ކަމަށެވެ.
އެގޮތުން ދެ ޕާކު ވެސް ހުޅުވާފައި ހުންނާނީ ހޯމަދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ހެނދުނު 9:30 އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށެވެ.
މީގެ ކުރިން ހަފްތާގެ ހުރިހާ ދުވަހެއްގައި ޕާކުތައް ހުޅުވާފައި ހުރި ނަމަވެސް، އާދީއްތަ ދުވަހުގެ ހެނދުނު 8:00 ން އެދުވަހުގެ ރޭ ފަތިހު 4:30 އަށް ޕާކުތައް ބަންދުވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ އާދީއްތަ ދުވަހު ޕާކުތައް ބަންދުކުރަނީ ޕާކުތަކުގެ ގަސްހަގާގެއްސައް ބޭސް ޖެހުމާއި، ކާނާ ދިނުމަށާއި އަދި ޕާކުތަކުގައި ކުރަންޖެހޭ އެހެނިހެން މަރާމާތު ކުރުމާއި، ތަން ސާފުކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.
ބިދޭސީންގެ އަތުން ފީ ނުނަގާ ގޮތަށް، ސަލްޓަން ޕާކް ހުޅުވީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ސިޓީ ކައުންސިލުން ތަރައްގީ ކުރި ލޮނުޒިޔާރަތް ޕާކު ހުޅުވާލައި، މާލޭގައި ޕާކް ހުޅުވުމުގެ ހުއްދަ ދިނީ، ކޮވިޑް ކޭސްތައް 50 އަށް ވުރެ ދަށަށް ދާން ފެށުމުންނެވެ.