ރެޑްސްޓާއިން ވިއްކާ ގިނަ ބާވަތްތަކުގެ މުދަލުން ބޮޑެތި ޑިސްކައުންޓް ލިބޭ އިޔާ އެންޑް ސޭލެއް ފަށައިފި އެވެ.
މި އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލްގެ ދަށުން ރެޑްސްޓާގެ ދެ ފިހާރައިން ވިއްކާ މުދަލުންވެސް ޑިސްކައުންޓް ލިބޭނެ އެވެ.

މި ސޭލްގެ ދަށުން ރެޑްސްޓާއިން ވިއްކާ ޑިސްޕޯސިބަލްސް ފިޔަވައި އެހެން ހުރިހާ ބާވަތްތަކުގެ މުދަލުން ކަސްޓަމަރުންނަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
- ތުވާލި، ލިނެން: 30 ޕަސެންޓް
- ގްލާސްވެއާ: 10-50 ޕަސެންޓް
- ސެރާމިކްވެއާ: 10 ޕަސެންޓް

ރެޑް ސްޓާ އިޔާ އެންޑް ސޭލްއަކީ އަހަރު ނިމޭ ދުވަސްވަރާ ދިމާކޮށް ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހު ކުރިއަށްގެންދާ ސޭލްއެކެވެ. އަދި ކޮންމެ އަހަރަކުވެސް މި ސޭލްގައި ރެޑް ސްޓާއިން ވިއްކާ މުދަލުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.
ރެޑް ސްޓާއިން ވިއްކާ ތަކެތީގެ ތެރޭގައި ޑިސްޕޯސިބަލް ތަށްޓާއި ފޮށީގެ އިތުރުން ހޯމް އެޕްލަޔަންސް، ކިޗަންވެއާ، ހާޑްވެއާ އަދި ހޯމްވެއާ ސާމާނު ހިމެނެ އެވެ.

ރެޑް ސްޓާގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުން ވެސް އެތަނުން ވިއްކާ މުދާ ބަލައިލެވޭނެ އެވެ. އަދި އިތުރު މައުލޫމާތު 3319699 އާއި 3309699 ނަންބަރަށް ގުޅާލުމުން ވެސް ލިބޭނެ އެވެ.
ރެޑް ސްޓާގެ ދެ ފިހާރަ މާލޭގައި ހުރެ އެވެ. އެއީ ސީގަލް ކެފޭ ޖެހިގެން ޗާނދަނީމަގުގައި ހުންނަ ރެޑް ސްޓާގެ ފިހާރަ އާއި ގަޑިބުރު ކައިރިން ފަރީދީމަގުގައި ހުންނަ ފިހާރަ އެވެ.
