ކްލާސް ބީ ގެ ދަރަޖަ ޓެނިސް އެސޯސިއޭޝަނަށް

ހަވަނަ މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ ތެރެއިން --- ފޮޓޯ/ ޓެނިސް އެސޯސިއޭޝަން

އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ "ކްލާސް ބީ" ގެ މެންބަރުކަން ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނަށް ލިބިއްޖެ އެވެ.

ކްލާސް ބީ ގެ މެންބަރެއްގެ ގޮތުގައި ރާއްޖޭގެ ޓެނިސް އެސޯސއޭޝަން ހަމަޖެހިގެން ދިޔައީ 21 ނޮވެމްބަރު 2020 ވީ ހޮނިހިރު ދުވަހު ބޭއްވުނު އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ 148 ޤައުމުގެ ފުރިހަމަ ތާޢީދާއެކު އެވެ. އެގޮތުން 'ކްލާސް ސީ' މެންބަރު ކަމުން 'ކްލާސް ބީ' މެންބަރަކަށް އަޕްގްރޭޑް ކުރުމަށް ފެނޭތޯ ނެގުނު ވޯޓްގެ 82 ޕަސަންޓް ވޯޓް ރާއްޖޭގެ ޓެނސް އެސޯސިއޭޝަނަށް ވަނީ ލިބިފައެވެ.

އެއާއެކު ކައުންސިލްގެ ބޮޑު އަގުލަބިއްޔަތަކާ އެކު 2021 ވަނަ އަހަރުން ފެށިގެން ޓެނިސް އެސޯސިއޭޝަންގެ މެންބަރުކަމުގެ ދަރަޖަ 'ކްލާސް ބ' އަށް ބަދަލު ވެގެންދާނެއެވެ.

އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ 'ކްލާސް ބީ' މެންބަރު ޤައުމުތަކަށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ޤަރާރު ހުށައެޅުމާއި، އަހަރީ އާންމު ޖަލްސާގައި ވޯޓް ދިނުމުގެ ޙައްޤު ލިބިގެންގެންވެއެވެ. އަދި އިންޓަރނެޝަނަލް ޓެނިސް ފެޑެރޭޝަންގެ އިތުރުން ސަރަޙައްދީ ޓެނިހުގެ ޖަމިއްޔާގެ ކޮމިޓީތަކާއ ކޮމޝަންތަކުގެ މަޤާމުތަކަށް ކުރުމަތިލުމުގެ ފުރުސަތު ލިބިގެންވެއެވެ.

ރާއްޖޭގެ ދަރަޖަ މަތިވުމާއެކު ޓެނިސް ކޯޓުތައް ރާއްޖޭގެ ކަންކޮޅުތަކުގައ ތަރައްޤީކުރުމަށް އެސޯސއޭޝަނުން ކުރާ މަސައްކަތައް މާލީ އަދި ފަންނީ އެހީ އިތުރަށް ލިބިގެންދާނެކަމަށް ޓެނިސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އަދި މމިކަމުގެ ސަބަބުން ކުޅުންތެރިންނާއި އޮފިޝަލުންގެ ފެންވަރު މަތިކުރުމަށް އިތުރަށް އެހީ ހޯދުމުގެ މަގު ފަހވެގެންދާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް