ޕޮމްޕޭއޯ، ސަލްމާން، ނަތަންޔާހޫ ސިއްރު ބައްދަލުވުމެއް ބޭއްވެވި

ނަތަންޔާހޫ (ކ) އަދި މުހައްމަދު ބިން ސަލްމާން--

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އާއި އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިދިޔަ ހަފްތާގައި ސިއްރު ބައްދަލުވުމެއް ބޭއްވެވި ކަމަށް ބުނެފި އެވެ.

އިސްރާއިލްގެ އާމީ ރޭޑިއޯއިން ބުނީ އެ ބައްދަލުވުން ބޭއްވީ ސައުދީ އަރަބިއްޔާގެ ރެޑް ސީގައި އޮންނަ ނިއޯމްގައި ކަަމަށެވެ.

އެކަމާ ގުޅޭ ގޮތުން ގުދުސްގައި ހުންނަ އެމެރިކާގެ އެމްބަސީ އަދި ނަތަންޔާހޫގެ އޮފީހުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް އިސްރާއިލްގެ އެޑިއުކޭޝަން މިނިސްޓަރު ޔޮއާވް ގަލަންތު ވަނީ އެ ބައްދަލުވުން ހިނގިކަން ކަށަވަރުކޮށްދީފަ އެވެ.

އިސްރާއިލާ ސައުދީއާ ކުރިން މާބޮޑު ގުޅުމެއް ނެތް ކަމުގައިވިޔަސް އީރާނުގެ މައްސަލައާއެކު ދެ ގައުމުގެ ގުޅުން މިފަހުން ވަނީ ވަަރަށް ބޮޑަށް ބަދަހިވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަަމްޕްއަށް އިންތިހާބުގައި ވަނީ ނާކަމިޔާބީއާ ކުރިމަތިވެފަ އެވެ. މީގެ ކުރިން ދުނިޔޭގެ ބޮޑެތި ބާރުތައް ގުޅިގެން އިރާނާއެކު ހެދި ނިއުކުލިއާ އެއްބަސްވުމުން އެމެރިކާ ވަނީ ވަކިވެފަ އެވެ. އާ އިންތިހާބީ ރައީސް ޖޯ ބައިޑެން އެ އެއްބަސްވުން އިއާދަނުކުރަން ނަތަންޔާހޫ ވަނީ ބައިޑެން އަށް ގޮވާލައްވައިފަ އެވެ.-- ރޮއިޓާސް

comment ކޮމެންޓް