ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރުތަކުން ދެގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑްއަށް ހާއްސަ ކޮންމެ ބޫސްޓަރެއް އެކްޓިވޭޓް ކޮށްގެންވެސް ދެގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.
ދިރާގު މޮބައިލް އެޕް ނުވަތަ ދިރާގު ވެބްސައިޓުގައިވާ "މައި އެކައުންޓް"އަށް ލޮގިން ކުރުމަށްފަހު އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރު އެކްޓިވޭޓް ކޮށްލެވޭނެ އެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.
ދިރާގުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ފައިދާ ލިބޭ ގޮތްތަކަށް އިންޓަނެޓް ޕެކޭޖްތައް ފަރުމާކޮށް، ޕްރޮމޯޝަންތައް ބާއްވަމުންނެވެ.