ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1360 ސާމްޕަލުން މިއަދު ރާއްޖެއިން އިތުރު 29 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 10 ބިދޭސީން ކަމަށެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 24 ކޭސް ފެނިފައިވަނީ ގްރޭޓާ މާލެ ރީޖަނުންނެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 12،384އަށް އަރާފަ އެވެ.
މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި ޖުމުލަ އަދަދަކީ 11،406 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ހުރި އެކްޓިވް ކޭސްތަކުގެ އަދަދަކީ 926 އެވެ.
އެޗްޕީއޭއިން ބުނީ މިހާރު ރާއްޖޭގައި މީހުން ދިރިއުޅޭ 15 ރަށަކާއި 29 ރިސޯޓެއްގައި ކޮވިޑް19ގެ އެކްޓިވް ކޭސްތައް އެބަހުރި ކަމަށެވެ.
ރިސޯޓުތަކުގެ ކޭސްތަކުގައި ހިމެނެނީ 48 ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ 90 މީހުންނެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 45 މީހަކު ވަނީ މަރުވެފަ އެވެ.