ތިނަދޫގައި ރަހީނުކުރި މީހަކު ސަލާމަތްކޮށް، ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ގދ. ތިނަދޫ. -- (ފޮޓޯ/އަހުމަދު ނިހާން)

ގދ. ތިނަދޫގައި ރަހީނުކުރި މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިނަދޫގައި މީހަކު ރަހީނުކޮށްފައިވާ މައްސަލައެއް މިއަދު 17:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ރަހީނުކޮށްފައިވާ މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އޭނާ ރަހީނުކުރި ކަމުގެ ތުހުމަތުގައި ހަތަރު ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެއީ 38 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި، 45 އަހަރުގެ މީހެއްގެ އިތުރުން 52 އަހަރުގެ މީހެކެވެ.

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް